ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ވަށަފަރުން ބަންޑާރަ ގޯތި ދޫކުރުން

މި އިޢުލާންވަނީ 06 ޖޫން 2021 14:12 ގައި ބާތިލް ކުރެވިފައެވެ.


 

ވަށަފަރުން ގޯއްޗަށް އެދޭ ފަރާތްތަކަށް 2021 ޖޫން 06 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 ޖުލައި 08 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.  

ގޯއްޗަށް އެދޭ ފޯމް ދޫކުރާނީ ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުވާ މީހަކު މިއިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ. އެސިޓީގައި ފޯމް ޙަވާލުވުމަށް ފޮނުވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އޮންނަންވާނެއެވެ. ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އާއި ހަމައަށެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ހުޅަނގު ކޮޅުން އަލަށް ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެން ހުޅަނގަށް 2000 (ދެހާސް) އަކަފޫޓުގެ 24 ގޯއްޗެވެ.

  • ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުޠުތައް:
  1. ދިވެހިރައްޔިތަކު ކަމުގައިވުން
  2. އުމުރުން 18 އަހަރު ވެފައިވުން.
  3. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.
  4. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް މީހަކަށް ދީ ނުވަތަ ވިއްކާފައިނުވުން.
  5. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބިފައި ނެތުން.
  6. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބި، އެބިމަކީ ވަކިން ޢިމާރާތް ކޮށްފައި ނުވަތަ ވަކިން ޢިމާރާތް ކުރެވޭގޮތަށް ބައި ކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލުން ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބިފައޮތް ގޯތި ނުވަތަ ލިބިފައި އޮތްބައި ސަރުކާރަށް ދޫކޮށްލި ކަމަށް ޝަރީޢަތުން ނިންމުމަށް ފަހުއެވެ.)
  7. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން .
  8. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުމާއި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

 

  • ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

 

1

ކައިވެނީގެ ބައި

1.1

މީހަކާ އިނދެގެންހުރިނަމަ

20

25

1.2

ވަރިވެފައި ވިޔަސް ދަރިން ތިބިނަމަ

20

1.3

ކައިވެންޏަށް 1 އަހަރު ވެފައިވާނަމަ އަހަރަކަށް 1 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 5 ޕޮއިންޓެވެ.)

5

2

ޢުމުރުގެ ބައި

2.1

ޢުމުރުން 18 އަހަރު ފުރި 30 އަހަރު ނުފުރޭނަމަ

5

7

2.2

އުމުރުން 30 އަހަރު ފުރިފައިވާނަމަ

7

3

ދަރިންގެ ބައި (މިބަޔަށް ޕޮއިންޓް ލިބޭނީދަރިންގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީކޮށްފައިނުވާ 18 އަހަރުން ދަށުގެކުދިންނަށެވެ)

3.1

18އަހަރުން ދަށުގެ ދަރިއަކުހުރިނަމަ

5

20

3.2

18އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް

5

3.3

(މިބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް)

 

3.4

ދާއިމީގޮތެއްގަ ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖެއް ހުރިނަމަ

4

8

3.5

ދާއިމީގޮތެއްގަ ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (މިބަޔަށް ގިނަވެގެން ދެވޭނީ 8 ޕޮއިންޓް)

4

4

މައިން ބަފައިންގެ ބައި

4.1

މަންމަ ބަލަމުންދާނަމަ

3

9

4.2

ބައްޕަ ބަލަމުންދާނަމަ

3

4.3

ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލާނަމަ

3

5

ރަށްވެހިކަމުގެ ބައި

5.1

އުފަންވީސުރެ ރަށުގެ ރަށްވެއްސެއްނަމަ

20

20

 

5.2

މިރަށުގެ ރަށްވެއްސަކަށް ވީތާ 05 އަހަރަށް ވުރެ އިތުރުވާނަމަ

05

5.3

މިރަށުގެ ރަށްވެއްސަކަށް ވީތާ 5 އަހަރު ފުރި 10 އަހަރު ނުވާނަމަ

10

5.4

މިރަށުގެ ރަށްވެއްސަކަށް ވީތާ 10 އަހަރަށްވުރެ އިތުރުނަމަ

15

5.4

މިރަށުގައި ދިރިއުލޭނަމަ

10

6

ޕޮއިންޓް އުނިކުރުން

6.1

 

އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ:

6.1.1

ތިމާގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި 1500 އަކަފޫޓު އަށް ވުރެ ބޮޑު ނަމަ

25-

25-

6.1.2

ތިމާގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި 1500 އަކަފޫޓު އަށް ވުރެ ކުޑަ ނަމަ

20-

6.2

ގޯއްޗަށް އެދިފައިވާ މީހާގެ މަންމަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

10-

10-

6.3

ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނަމުގައި ގޯއްޗެއް އޮވެފައި ގޯތި ނުލިބިހުރީ ހަމައެކަނި މީނާ ކަމަށްވާނަމަ

10-

10-

6.4

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތަށް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް 2000 އަކަފޫޓަށްވުރެ ބޮޑުވާނަމަ

6-

6-

6.5

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތަށް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް 1000 އަކަފޫޓަށް ވުރެބޮޑު 2000 އަކަފޫޓަށްވުރެ ކުޑަނަމަ

 3-

3-

6.6

ތިމާގެ އަނބިމީހާ/ފިރިމީހާ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދައު ނުބަހައި ހުރިނަމަ އެމުދާ ބެހުމުން 1500 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބޭނަމަ

10-

10-

6.7

ތިމާގެ އަނބިމީހާ/ފިރިމީހާ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދައު ނުބަހައި ހުރިނަމަ އެމުދާ ބެހުމުން 600 އަކަފޫޓަށް ވުރެބޮޑު 1500 އަކަފޫޓަށްވުރެ ކުޑަބައެއް ލިބޭނަމަ

 6-

6-

އިތުރު ތަފްޞީލް :

01 ގައިވާ ކައިވެނި ރޫޅިފައިވާ ކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނު ކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. އަދި މިބައިން މާރކްސް ލިބޭނީ ލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ. (ގޯއްޗަށް އެދި ހުށަހަޅަނީ ކުދިންގެ ބައްޕަ ކަމުގައިވާނަމަ ޝަރުޢީގޮތުން ކުރަންޖެހޭ ޚަރަދު ކުރަމުންދާ ނަމަ ދަރިން ބަލަމުންދާކަމުގައި ބެލެވޭނެއެވެ.)

02 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

03 ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައިވިޔަސް ދެވޭނީ ޖުމުލަ 20 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ.

04 ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާ ނަމައެވެ.

4.3 ގައިވާ ފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫން ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުން ދާނަމައެވެ.

5.4 ރަށުގައި ދިރިނޫޅޭކަމަށް ބެލެވޭނީ އާއިލާއެކު ރަށުންބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކެވެ. އާއިލާކަމުގައި ބަލާނީ ފިރިމީހާ/އަނބިމީހާ/ދަރިންނެވެ. ގޯއްޗަށް އެދޭފަރާތުން ވަޒީފާގެ ބޭނުމުގައި ރަށުންބޭރުގައި އުޅުނު ނަމަވެސް އެފަރާތުގެ އަބިން / ފިރިން/ ދަރިން ރަށުގައި ދިރިއުޅޭނަމަ އެފަރާތެއް ބެލޭނީ ރަށުގައި ދިރިއުޅޭފަރާތެއްގެ ގޮތުގައެވެ.

  • ނޯޓް: ޕޮއިންޓް ލިބޭ މިންވަރަށް ބަލައި ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ފުރަތަމަ އިސްކަންދޭނީ ދެ މީހުންގެ ނަމުގައި ގޯތި ރަޖިސްޓްރީކުރާގޮތަށެވެ. މިގޮތަށް އެއްބަސް ނުވެވިއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ ދެމެދުގައި ވާހަކަ ދައްކައިގެންނެވެ. މިގޮތަށް އެއްބަސް ނުވެވިއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގޯތިކޮމިޓީގެ ހާޟިރުގައި ދެމަފިރިން މެދުގައި ގުރުއަތު ލައިގެންނެވެ.
  • ފޯމް ހުށައަޅާ ފަރާތުގެ އުމުރާއި އަދި ކާވެނީގެ މުއްދަތަށް ބަލާނީ އެމީހަކު ގޯތިދޫކުރުމަށް ކުރި އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚާއި ހަމައަށެވެ.
  • ގޯތިލިބޭގޮތް:

ހ. ގޯތިލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީގެންނެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތިލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

ށ. ގޯތި ލިބޭނީ މަދުވެގެން 45 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. 

06 ޖޫން 2021
ހޯދާ