އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް އަމިއްލަ ތަކެތީގައި ފަރުމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން
ޢިއުލާން
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުމަށް އަމިއްލަ ތަކެތީގައި ހޮޅިލައިން ފަރުމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/14 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހެޅުމަށް ހާޞިރުވެފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖޫން 2021 އިން ފެށިގެން 10 ޖޫން 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، އެނެކްސް 1، އަގު ހުށަހަޅާ ފޯމް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 10 ޖޫން 2021 ވާ ދުވަހުގެ 13:15ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 14 ޖޫން 2021 ވާ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
05 ޖޫން 2021
ހޯދާ