މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމިކް ސެންޓަރަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓް ސަޕްލައިކުރުމާއި އިންސްޓޯލްކުރުން

އިޢުލާން

ރ. އުނގޫފާރުގައި ޢިމާރާތްކޮށްފައިވާ އިސްލާމިކް ސެންޓަރަށް ބޭނުންވާ އައިޓީ އިކުއިޕްމަންޓް ސަޕްލައިކުރުމާއި އިންސްޓޯލްކުރުން

ރ.އުނގޫފާރުގައި އަލަށް ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒަށް ބެނުންވާ ސައުންޑް އިކުއިޕްމަންޓް އަދި އައިޓީ އިކުއިޕްމަންޓް ހޯދުމަށް 24 މާރިޗު 2021 ގައި ކުރި (އިޢުލާން ނަންބަރު: (IUL)142-A1/142/2021/36) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ހުރިހާ އައިޓީ އިކުއިޕްމަންޓަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްކުރުމަށް ފޮނުވާ މެއިލް، ސުންގަޑީގެ ކުރިން މިނިސްޓްރީއަށް ލިބިފައިވޭތޯ ކަށަވަރުކުރުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ މީޓިންގ ރޫމް 01 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                    22 ޝައްވާލް 1442

03 ޖޫން 2021
ހޯދާ