ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންގެ ޔުނީފޯމްގެ ފޮތި ވިއްކުމުގެ ފުރުޞަތު ހުޅުވާލުން
(IUL)GS56/2021/21:އިޢުލާން ނަންބަރ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދަރިވަރުންގެ ޔުނީފޯމްގެ ފޮތި ވިއްކުމުގެ ފުރުޞަތު ހުޅުވާލުން
މިސްކޫލް ދަރިވަރުންގެ ޔުނީފޯމް 2021 ވަނަ ދިރާސީ އަހަރުން ފެށިގެން ބަދަލުވާތީ ޔުނީފޯމް ފެހުމަށް ބޭނުންވާ ފޮތި ތިރީގައި މިދަންވާ އަގަށްވުރެ ބޮޑުނުވާގޮތަށް ވިއްކާދޭނޭ ފަރާތްތަކަށް ޔުނީފޯމް ފޮތި ވިއްކުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވިއްކާލަން ހުޅުވާލާ ފޮތި އަދި ފޮތި ވިއްކޭނެ އެންމެ ބޮޑު އަގު ބީލަން ފޮތުގެ ސެކްޝަން 7 ގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖޫން 06 އިން 2021 ޖޫން 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖޫން 09 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ކޮވިޑްގެ މިޙާލަތައް ރިޢާޔަތްކޮށް އެދުވަހު ސްކޫލްގައި މީޓިންގ ކުރިއަށް ނުގެންދެވޭނަމަ މީޓީންގ ކުރިއަށް ގެންދެވޭނީ އޮންލައިންކޮށެވެ.
- ބީލަން ހުޅުވުން އޮންނާނީ2021 ޖޫން 15 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތުޅާދޫ ސްކޫލް
ބ. ތުޅާދޫ ،ދިވެހިރާއްޖެ
ފޯން: 6600136
އީ-މެއިލް: [email protected]
22 ޝައްވާލް 1442
03 ޖޫން 2021
03 ޖޫން 2021
ހޯދާ