ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ އާއި ގުޅިގެން، ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދިނުމުގެ މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/116

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-23-21) –PSM-EB/2021/62

 

 

 

އިޢުލާން

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު

              ޕަބްލިކް ސަރވިސް މީޑިއާ އާއި ގުޅިގެން، ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދިނުމުގެ މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމަށް ކުރެވުނު ނަމްބަރު (IUL) PSM-FP/ PSM/2021/35 އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

  1. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން، ރަސްމީ ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. މިސިޓީގައި ކުންފުނީގެ ނަން، ގުޅާނެ ފަރާތެއްގެ ނަމާއި ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. އަދި ސިޓީއާއިއެކު ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  2. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން މިކަންކުރުމަށް ޤަސްދުކުރާ ގޮތުގެ ޕްރެޒެންޓޭޝަނެއް ޕީއެސްއެމްގެ މެނޭޖްމަންޓަށް ހުށަހަޅައި ދޭންވާނެއެވެ. ޕްރެޒެންޓޭޝަންގައި ކޮންޓެންޓް ހުރި މިންވަރާއި ކެޕޭސެޓީ ހުރި މިންވަރު އަދި ނެޓްވާރކް އިންފްރާސްޓްރަކްޗާރ ކެޕޭސިޓީ ހުރި މިންވަރު ހުށަހަޅައިދޭންވާނެއެވެ.( ޕްރެޒެންޓޭޝަން ހަދަންވާނީ ޕަވަރ ޕޮއިންޓްގައެވެ).
  3. އެކްސްޕްރެޝަން އޮފް އިންޓަރެސްޓްއަށް ރިއާއަތްކޮށް، ޝޯޓްލިސްޓް ކުރެވޭ ފަރާތް/ކޮމްޕެނީސްތަކަށް އަންދާސީ ހިސާބު ހުށަހަޅުމަށް ބޭނުންވާ ފުރިހަމަ އާރް.އެފް.ޕީ އެއް ފޮނުވޭނެއެވެ.
  4. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (މަތީގައި ބަޔާންކޮށްފައިވާ ޑޮކިއުމަންޓްތަކާ އެކު) ޕީ.އެސް.އެމްއަށް އެޑްރެސްކޮށް ތިރީގައި ދެވިފައިވާ މެއިލްތަކަށް 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ފޮނުއްވުމަށް ދެންނެވީމެވެ.

ޕަބްލިކް ސަރވިސް މީޑިއާ

ރޭޑިއޯ ބިލްޑިންގ

މާލެ، 20331

އަމީނީމަގު، މާފަންނު

ރިޕަބްލިކް އޮފް މޯލްޑިވްސް

ފޯން: +960 3000300

އީމެއިލް: [email protected]

ސީސީ: [email protected]

             21 ޝަޢްވާލް 1442

              02 ޖޫން 2021

02 ޖޫން 2021
ހޯދާ