ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރުން
މިއިދާރާގެ ނަންބަރު (IUL)301-PJ/301/2021/37 18 މޭ 2021 އިޢުލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ ރ. އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކޮށްދީ ، ކައުންސިލަށް ބޭނުންވާ ބައެއް މެޝިނަރީ އާއި ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢްލާން ކުރަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު ބީލަން ފޮތް ބައްލަވައި ގަތުމަށް ދަންނަވަމެވެ. ބީލަން ފޮތާއި ރަޖިސްޓްރޭޝަން ފޯމް ރަސްމީ ދުވަސްތަކުގެ 9.00ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރުފިޔާއެވެ. މައުލޫމާތުދިނުން އޮންނާނީ 08 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 13:15ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ޖޫން 2021ވާ ބުދަ ދުވަހު 13:15 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އަދި ބީލަން ފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ނޯޓް: މިއިދާރާގެ ނަންބަރު (IUL)301-PJ/301/2021/37 އިޢްލާނަށް އިޖާބަދީ ބިޑްފޮތް ގަން ފަރާތްތަކުން އަލުން ފޮތް ގަންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.