މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފޯނު ނަަންބަރުތަކާއި ގުޅޭ

ޢާއްމު އިޢުލާން

                                    

 

މިނިސްޓްރީގެ އިޢުލާން ނަންބަރު: (IUL)471-CDS1/471/2021/18 (2021 މެއި 05 )އާއި ހަވާލާދީ އަދި ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސަވައިފައި އޮތް އޮތުން 26 މެއި 2021 ވީ ބުދަ ދުވަހު ރައީސް އޮފީހުން ނަންބަރު 13/2021 ދެންނެވުމުން އިތުރުކުރައްވައި އަދި މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެއްވުމާއި ގުޅިގެން މި މިނިސްޓްރީން މިގެންދަނީ މިނިސްޓްރީގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖައްސާ އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުންނެވެ.

ވީމާ، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ރަސްމީ މަސައްކަތު ދުވަސްތަކުގެ ( އާދިއްތު – ބުރާސްފަތި) 8:00 ން 14:00 މިނިސްޓްރީގެ ނަންބަރުތަކަށް ގުޅޭނެ ވާހަކަ ދެންނެވީމެވެ. އަދި ވަކިގޮތަކަށް އަންގަންދެން، މިނިސްޓްރީގެ ރިސެޕްޝަނުގެ ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވުމާއެކު ކުރިއެކޭވެސް އެއްފަދައިން، މިނިސްޓްރީއަށް ހުށަހަޅުއްވާ ސިޓީތަކާއި ފޯރމްތަކާއި އިތުރު ހުށަހެޅުންތައް މިނިސްޓްރީގެ އީމެއިލް ([email protected]) ނުވަތަ އީ-ގަވަމަންޓްގެ ޒަރިއްޢާއިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

02 ޖޫން 2021
ހޯދާ