ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2020 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

31 މޭ 2021 ވީ ހޯމަ ދުވަހު ބޭއްވި މި ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް -/60ރ. (ފަސްދޮޅަސް ރުފިޔާ) ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ފާސްކޮށްފައިވާތީ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރކުރައްވާފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓަށް، ޑިވިޑެންޑު ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، cs@sto.mv އީމެއިލް އެޑްރެހަށް ފޮނުވުމަށް ދަންނަވަމެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓް https://sto.mv/Downloads އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމްތަކަށް، ފޯމް ހުށަހަޅުއްވާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

 

 

 

02 ޖޫން 2021
ހޯދާ