ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި އިންސްޓިޓިއުޓަށް 08 ކޮމްޕިއުޓަރ އަދި 02 ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެއެވެ.

މި އިންސްޓިޓިއުޓަށް 08 ކޮމްޕިއުޓަރ  އަދި 02 ލެޕްޓޮޕް  ގަންނަން ބޭނުންވެގެން މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 8/2021/1/(IUL)451-FP އިޢުލާނަން ހުށަހަޅާފައިވާ އަގު އަންދާޒާ ބަޖެޓަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.  

  

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް2021ޖޫން 02 އިން ފެށިގެން 2021ޖޫން 06 ގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ރަޖިސްޓްރޭޝަންފޯމްގެލިންކް: https://forms.gle/vScHU5PTg5VQ1xPf9

 

  • ބިޑް ހުށަހެޅުން އޮންނާނީ 2021 ޖޫން 10 ވަނަ ދުވަހު 11:00 ން 11:30 އާއި ދެމެދު އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރައްވާނީ [email protected]
  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖޫން 02 އިން ފެށިގެން 2021 ޖޫން06 ގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
  • ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
  • މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3023511 /3023543
  • އީ-މެއިލް:[email protected]
  • ކޮޕީ އީ-މެއިލް:  [email protected]

 

 

 

  • މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.

02 ޖޫން 2021
ހޯދާ