ދިވެހިރާއްޖެ
މަޤާމް :ފައިނޭންސް އެގްޒެކެޓިވް | |
---|---|
ބޭނުންވާ އަދަދު :1 | |
މުސާރަ: - އަސާސީ މުސާރަ: -/17,542 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/6،139.70 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/10،525.20 ރުފިޔާ - ކެއުމާއި ބޭސްފަރުވާ ކުރުން ޝަރުތު: - އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 05 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، - ކޮރަޕްޝަން އަދި ޚިޔާނާތާއި ގުޅޭ އެއްވެސް މައްސަލައެއް ޝަރުޢީ ކޯޓަކުން ބަލާފައިނުވުމާއި އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން، - ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - ދިވެހި ފުލުހުންގެ ޚިދުމަތުގެ އަހަރީ ބަޖެޓް އެގްޒެކެޓިވް ބޯޑާއި ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާގެމަތިން ތައްޔާރުކޮށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅުން. - ދިވެހި ފުލުހުންގެ ޙިދުމަތަށް ލިބިގެންދާ ބަޖެޓުން ކުރެވޭ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި، ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ސަރުކާރުގެ ޤަވާއިދުތަކާއި އެއްގޮތަށް ފުރިހަމަ ޒިންމާދާރީއާއެކު ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ކޮމިޝަނަރ ކަނޑައަޅުއްވާ ފަރާތެއްގެ މަޝްވަރާއާއެކު ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާއި ބެހޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ކޮމިޝަނަރ ކަނޑައަޅުއްވާ ފަރާތެއްގެ މަޝްވަރާއާއެކު ކަމާއިގުޅޭ އިދާރާތަކާއިއެކު ކުރުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކައުންޓްތައް ބެލެހެއްޓުމާއި ކޯޑްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ މަހު އަދި އަހަރީ ރިޕޯރޓް ތައްޔާރުކުރުމާއި ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ޓެލީކުރުން. - ދިވެހި ފުލުހުންގެ ޙިދުމަތަށް ހޯދަންޖެހޭ ތަކެތި ޤާނޫނާއި ޤަވާއިދުތަކާއި އެއްްގޮތަށް ހޯދުމާއި އެތަކެތީގެ އިންވެންޓްރީ ޤަވާއިދުން ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޙިދުމަތަށް ހޯދާފައިވާ ފަރުނީޗަރާއި ފިކްސްޗާރތަކުގެ ތެރެއިން ހަލާކުވާ ނުވަތަ ބޭނުން ނުކުރެވޭ ތަކެތި ޤަވާއިދުތަކާއި އެއްގޮތަށް ނީލަންކިޔުން ނުވަތަ ނައްތާލުން. - ދިވެހި ފުލުހުންގެ ޙިދުމަތުން ބޭނުންވާ އެކިއެކި ޚިދުމަތްތަކާއި ތަކެއްޗާއި ގުޅޭގޮތުން ކުރަންޖެހޭ އިޢުލާންތައް ކުރުމާއި ހަދަންޖެހޭ އެގްރީމެންޓްތައް ހެދުމާއި ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޙިދުމަތުގެ މާލީ ހިސާބުތައް އޮޑިޓްކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. - ދިވެހި ފުލުހުންގެ ޙިދުމަތުގެ ފަރާތުން ޚިދުމަތް ލިބިގަތުމަށް އެކި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތައްކުގެ އެއްބަސްވުންތަކުގައިވާ ގޮތުގެ މަތިން އެޚިދުމަތްތަކަށް ޚަރަދުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އެގޮތުގައި ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޙިދުމަތުގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮޖެކްޓްތަށް ކޮމިޝަނަރ އޮފް ޕޮލިސް އަދި އެގްޒެކެޓިވް ބޯޑުގެ މަޝްވަރާއާއެކު ކޮންމެ އަހަރެއްގެ ބަޖެޓްގައި ހިމެނުމާއި އަދި އެޕްރޮޖެކްޓްތައް މެނޭޖްކޮށް ބެލެހެއްޓުން. - ދިވެހި ފުލުހުންގެ ޙިދުމަތުގެ ޚަރަދުތައް މޮނިޓަރކޮށް އަދި ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކުގެ ލަފާ، ކޮމިޝަނަރ އޮފް ޕޮލިސް އަދި އެގްޒެކެޓިވް ބޯޑަށް ދިނުން. - ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާއި ބެހޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަދި އެގްޒެކެޓިވް ބޯޑުގެ މެންބަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި ލަފާއެރުވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - ފައިނޭންޝިއަލް މެނޭޖްމެންޓް، ކޯޕަރޭޓް ގަވަރނެންސް، ބަޖެޓިންގ، ކޭޝް ފްލޯ، ފޯރކާސްޓިންގ، ވޯރކިންގ ކެޕިޓަލް މެނޭޖްމެންޓް، މި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޚާއްސަކޮށް އޮރޭކަލް އީބީއެސް، އޮރޭކަލް ލޯންސް، ސަންސިސްޓަމްސް، މައިކްރޯސޮފްޓް އެކްސެލް އަދި އެހެނިހެން ފައިނޭންޝިއަލް މެނޭޖްމަންޓް ޕެކޭޖްތައް، މި ސޮފްޓްވެއަރތައް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2021 ޖޫން 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 ން 13:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 20 ޝައްވާލް 1442 |