މަޤާމު
|
ޑްރައިވަރ
|
ބޭނުންވާ އަދަދު
|
04 ( ހަތަރެއް )
|
މަޤާމް ގެ ގިންތި
|
ކޮންޓްރެކްޓް
|
ވަޒީފާގެ މުއްދަތު
|
ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 3 މަސް ދުވަސް
|
މަޤާމުގެ ރޭންކް
|
އެސް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ޑިވިޝަން / ސެކްޝަން
|
ޓްރާންސްޕޯޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް
|
އެލަވަންސް:
|
މަސައްކަތްކުރާ ދުވަހަކަށް -/300 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ހޮސްޕިޓަލްގެ ދުއްވާ އެއްޗެތި ދުއްވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގެ ގަވާއިދުތަކާއި ހިލާފުނުވާ ގޮތަށް ދުއްވުން
- ހޮސްޕިޓަލުގެ ދުއްވާ އެއްޗެތި ސާފްތާހިރުކޮށް ބެލެހެއްޓުން، މިގޮތުން ކޮންމެ ޝިފްޓެއްވެސް ނިމިގެން ހުރިހާ ވެހިކަލްތައް ފޮޅާ ސާފުކުރުން، އަދި ޝިފްޓް ނުނިމުނަސް ވެހިކަލެއް ހަޑިވެއްޖެނަމަ ސާފުކުރުން، ކޮންމެ ޝިފްޓެއް ފަށާއިރު ވެހިކަލްތައް ސާފުކޮށްފައި ހުރިތޯ ބެލުން
- ސުޕަވައިޒަރުން އަންގާ ދުވަސްތަކުގައި ހޮސްޕިޓަލުގެ ހުރިހާ ދުއްވާ އެއްޗެތި ދޮވެ، ކިޓްކޮށް ވެކިއުމް ކުރުން
- ވެހިކަލްތަކުގެ މަރާމާތުތައް ކުރުމަށް މެކޭނިކަށް އެހީތެރިކަމެއް ބޭނުންވާނަމަ އެކަމެއް ކޮއްދިނުން
- ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ސުޕަވައިޒަރުންނާ ހިއްސާކުރުން އަދި މެކޭނިކަށް އަންގައިގެން ދިމާވެފައިވާ މައްސަލަ ހައްލުކުރުން
- އެމްބިއުލާންސްގައި ކުރެވޭ ދަތުރުތަކުގައި ބަލިމީހުނަށް އޯގާތެރިކަމާއެކުއެހީތެރިވުން
- ބަލިމީހަކު ގެއަކުން ބާލާންޖެހިއްޖެ ނަމަ އެކަމަށް އެހީތެރިވެދިނުން
- ހޮސްޕިޓަލުގެ ދުއްވާ އެއްޗިއްސައް މީހުންނާއި ތަކެތި އަރުވާ ބޭލުމުގައި އެހީތެރިވެދިނުން
- ކުރެވޭދަތުރުތަކުގެ ރެކޯޑް، ފޮތެއްގައިލިޔެ ނުވަތަ އޮންނަ އުސޫލުގެ މަތިން ބެލެހެއްޓުން
- އެމްބިއުލާންސްއަކީ ތަފާތު އެކިބަލިމީހުން އުފުލާ އުޅަނދެއްކަމުން އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން
- ބަލިމީހުންނަށް އަވަސް ފަރުވާ ދޭންޖެހިއްޖެ ހިނދެއްގައި އެކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވެދިނުން
- ދަތުރުތައް ޝެޑިއުލް ކުރެވިފައިވާ ގޮތައް ކުރުމައް ޑިޔުޓީ ސުޕަވައިޒަރުންނާ އެކުގައި މަސައްކަތްކުރުން
- ދަތުރަށް ފެށުމުގެ ކުރިން ވެހިކަލުގައި ތެޔޮ، އަޑީތެޔޮ، ކޫލަންޓް އަދި ފެން ހުރިވަރެއް ބަލައި މަދުނަމަ ޝުޕަވައިޒަރައް އަންގައިގެން ހަމަކުރުން
- ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލުކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ މަސއްކަތްތަކާއި ގުޅޭގޮތުން ކަންކަން ފުރިހަމަ ކުރުން.
|
މަޤާމުގެ ޝަރުތު
|
- އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 އަދި C1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖޫން 07 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ 04-01-E) އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2021 ޖޫން 8 އާއި 2021 ޖޫން 14 އާއި ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.
|