ދިވެހިރާއްޖެ
ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު:- (IUL)167-PR/167/2021/14 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 15 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،
- ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
1. ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-
ކުންފުނީގެ ނަން:- |
އީ.ސީ.އެސް އިންޖިނިއަރިންގ |
ހުށަހަޅާފައިވާ އަގު:- |
3,543,091.34 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
80 ދުވަސް |
- 2. ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-
ކުންފުނީގެ ނަން:- |
ނިއު ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
3,890,200.00 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
90 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ. |
ކުންފުނީގެ ނަން:- |
އޯލް ސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
4,693,726.91 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
89 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
މި މަސައްކަތް ހަވާލު ކުރެވިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިވެލުއޭޝަންގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަށެވެ. |
ކުންފުނީގެ ނަން:- |
ރަފް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް |
ހުށަހަޅާފައިވާ އަގު:- |
329,738.34 ރ |
ހުށަހަޅާފައިވާ މުއްދަތު:- |
14 ދުވަސް |
ބީލަން ކާމިޔާބު ނުވި ސަބަބު:- |
ރަފް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގާއި މުއްދަތަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ އަގެއް އަދި މުއްދަތެއް ނޫން ކަމަށާއި، މަޢުލޫމާތު ކަރުދާހުގައި ހުށަހަޅަންޖެހޭ ތަކެތި ކަމަށް ބަޔާންކޮށްފައިވާ ހުރިހާ ތަކެތި ހުށަހަޅާފައި ނުވާތީ އިވެލުއޭޓް ނުކުރެއެވެ. |
ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 2021 ޖޫން 08 ވަނަ ދުވަހެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.
އީ.މެއިލް :-[email protected]
ސެކްޝަން :-Procurement section
ފޯން ނަންބަރު :- 3026124 , 3026133