ފީވަކު ސްކޫލް
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިސްލާޙު ކުރެވިފައި

`

 

 

ފީވަކުސްކޫލް                                          

ފީވައް،                                           

ދިވެހިރާއްޖެ                                               ނަންބަރު:GS-108/IUL/2021/06  

 

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

މިރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގުން  މިސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށްޓަކައި ފީވަކު ކައުންސިލުން ކަނޑައަޅުއްވާ ދެއްވާފައިވާ ބިމުގައި (ސިއްޙީ މަރުކަޒުގެ ހުޅަނގު އިމާއި، ހަމައިން  މަގު ދޫކޮށްފައި ދެކުނަށް އޮތް ބިން) ހުރި ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ. މިރުއްތަކުގައި  ރީނދޫ ކުލައިގެ ދަވާދުން 01 ން 194 އަށް ވާނީ ނަންބަރު ޖެހިފައެވެ.

      ވީމާ، އިސްވެ ދެންނެވުނު ބިމުގައި ހުރި ރުއްގަހުގައި ރީނދޫކުލައިން މިސްކޫލުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ރުއްގަހުގެ ވެރިން 2021 ޖޫން 06 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މިސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 2021 ޖޫން 06 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ހަމައަށް ރުއްގަހުގެ ވެރިފަރާތް ނޭނގޭނަމަ، އެރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ނައްތާލެވޭ އެއްވެސް އެއްޗެއްގެ ޒިންމާ މިސްކޫލުން ނުއުފުލާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ..

                  19 ޝައްވާލް 1442ހ.

                  31 މޭ     2021މ.

31 މޭ 2021
ހޯދާ