މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޑީ ކާޑު ހެއްދުމަށް ނަގަމުންދިޔަ އިދާރީފީ ކަނޑާލުމާއި ގުޅޭ!

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން މެދުވެރިކޮށް މިކައުންސިލުން ފޯރުކޮށްދެމުންދާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔަ -/50 ރުފިޔާގެ ފީ 2021 ޖޫން 1 ން ފެށިގެން ރައްޔިތުން އަތުން ނެގުން ހުއްޓާލުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތަށް ނިންމާފައިވަނީ މިކައުންސިލްގެ 04 ވަނަ ދައުރުގެ 2021 ވަނަ އަހަރުގެ 02 ވަނަ އާއްމު ޖަލްސާއިންނެވެ.

ވީމާ، 2021 ޖޫން 1 (މާދަމާ) އިން ފެށިގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް ދައްކަންޖެހޭނީ ޑީ.އެން.އާރަށް ދައްކަންޖެހޭ ފައިސާ އެކަނިކަމުގައި ދަންނަވަމެވެ.

އަދި މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރުފަހު 1:15 އާއި ދެމެދުގައިކަން ހަނދުމަފުޅު އަރުވަމެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

31 މޭ 2021

31 މޭ 2021
ހޯދާ