ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދ.ކުޑަހުވަދޫ ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ އެޕާރޓްމަންޓްގެ އެތެރޭގެ އެކިއެކި މަރާމާތު ކުރުމަށް ކުރެވުނު އިޢުލާ ނަންބަރު: RLC/IUL/2021/07 އާއި ގުޅިގެން ބިޑް ހުށައެޅުމަށް ދެވިފައިވާ މައުލޫމާތު ކަރުދާހަށް ބަދަލު ގެނެސްފައިވާތީވެ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަށް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ވީމާ މި މަސައްކަތަށް ޝައުގު ވެރިވާ ފަރާތްތަކުން 30 މޭ 2021 އިން 2021 ޖޫން 07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މައުލޫމާތު، 7 ޖޫން 2021 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އީ މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 13 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްރަކުގެ ތެރެއިން އެވަގުތުގައި ހާޟިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދުލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަންގެ ގޮތުގައި ބަލައި ގަނެވޭނީ ހަމައެކަނި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ޙާޞިރުވެ ހުށަހަޅާ ބީލަންތަކެވެ. އީމެއިލް އަދި އެހެނިހެން ގޮތްގޮތުން ހުށަހަޅާ ބީލަންތަކާއި ގަޑިޖެހޭ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް އަދި މައުލޫމާތު ޝީޓް އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected] / [email protected]