ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ 'އިންޕްރޫވިންގ ދަ ފުޑް އިމްޕޯޓް-އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމް އޮފް މޯލްޑިވްސް' ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށްް ޕްރޮޖެކްޓް ކޯޑިނޭޓަރއެއް ބޭނުންވެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ 'ޓަރމްސް އޮފް ރިފަރެންސް' މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 'ލެޓަރ އޮފް އިންޓްރެސްޓް' ހުށައަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓު ކުރެވިފައިވާ ކޮޕީ
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭ ގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، އީމެއިލް [email protected] މެދުވެރިކޮށް މި މިނިސްޓްރީއަށް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނެ ނަންބަރަކީ 3014423/7603204 އެވެ.