ދިވެހިރާއްޖެ
އިޢުލާނު
|
||
ވަޒީފާގެ ފުރުޞަތު |
(IUL)13-HR/13/2021/144ނަންބަރު: |
|
މަޤާމް: |
ސީނިއަރ އޮޑިޓަރ |
|
މަޤާމުގެ ނަންބަރު: |
|
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެމް.އެސް.3 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
ސެކްޝަން: |
އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް / އިންވެސްޓިގޭޝަން ސެކްޝަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ |
|
މުސާރަ: |
މަހަކު 7,035.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު 2،000.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ. - މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް، އެކައުންޓިންގ ނުވަތަ އޮޑިޓިންގއެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
3. މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް އެކުލަވާލާ ރިޕޯޓުތައް މިނިސްޓަރ ތަސްދީގު ކުރެއްވުމުން އެ ރިޕޯޓުގައި ހިމަނާފައިވާ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް އެންގުން. 4. އޮޑިޓަރ ޖެނެރަލް އޮފީހުން، ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަން ނުވަތަ ދައުލަތުގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން އަނބުރާ ހޯދަންޖެހޭ ފައިސާއެއްކަމަށް ބަޔާންކޮށް ފޮނުވާ މައްސަލަތަކާއި ގުޅިގެން، އެ ފައިސާ ހޯދުމަށް ކުރާންޖެހޭ މަސައްކަތް ކުރެވެމުންދޭތޯ އާއި އޭގެ ހިސާބުތައް ބަލަހައްޓަމުންދޭތޯ ބެލުން. އަދި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތްބަލައި، ކޮންމެ ކުއަރޓަރެއްގައި އެ ކަމާއި ގުޅޭ މަޢުލޫމާތު އަދާހަމުކުރުން. 5. ތަހްޤީޤު ކުރަންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ނުވަތަ ޕަރމަނެންޓް ސެކްރެޓަރީ ފާހަގަކޮށް ހުށަހަޅުއްވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފު މައްސަލަތައް ތަހްޤީޤުކޮށް ރިޕޯޓް އެކުލަވާލައި ފިޔަވަޅު އެޅުމަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން. 6. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިމިނިސްޓްރީ އާއި އެހެނިހެން އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން ފޮނުވާ މައްސަލަތަކުގެ އިތުރުން، މާލިއްޔަތާއި ގުޅޭ މައްސަލައެއް އިދާރާއަކުން ހުށަހަޅައިފިނަމަ، އެ މައްސަލައަކީ ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްތޯ ބަލައި، ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްނަމަ، އެމައްސަލަ ތަހްޤީޤްކޮށް، ރިޕޯޓެއް އެކުލަވާލައި، ފިވަޅުއެޅުމައްޓަކައި މާލިއްޔަތުގެ މައްސަލަބަލާ ކޮމިޓީއަށް ހުށަހެޅުން. 7. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހެދުން.އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހަދައި، ކޮންމެ ކުއަރޓަރއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން 8. އަހަރު ތެރޭގައި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އަހަރީ ޕްލޭންއެއް ތައްޔާރުކުރުން. އަދި މި އަހަރީ ޕްލޭންގައި އެއަހަރެއްގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އެ ލަނޑުދަނޑިތައް ހާސިލްކުރާނެގޮތާއި، ކީ ޕަރފޯމަންސް އިންޑިކޭޓަރުތައް ހިމެނުން. 9.ކޮންމެ އަހަރެއް ނިމިގެން އެހަރެއްގައި ހާސިލުކުރެވުނު ކަންކަމަށް ބިނާކޮށް އަހަރީ ރިޕޯޓެއް އެކުލަވާލުން. 10. ކޮންމެ އިންވެސްޓިގޭޝަންއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން. 11.އިންވެސްޓިގޭޝަނުގައި އިސްލާހުކުރަން ލަފާދެވޭ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި ފޮލޯއަޕް ހެދުން. 12. މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން. 13. އިންވެސްޓިގޭޝަން ތަކާއި ގުޅިގެން އެއްކުރެވޭ އެންމެހާ މަޢުލޫމާތުތަށް ފައިލްކޮށް ރައްކާތެރިކަމާއެކީ ބެލެހެއްޓުން. އެގޮތުން، އިންވެސްޓިގޭޝަންތަކާއި ގުޅިގެން ލިބޭ މަޢުލޫމާތުތަކަށް 14. އިނވެސްޓިގޭޝަން ޔުނިޓްގެ މުވައްޒަފުން ފިޔަވައި އިތުރު ފަރާތްތަކަށް ނުފެންނާނޭ ފަދަ ކޮންޓްރޯލުތައް ޤާއިމްކުރެވިފައިވޭތޯ ބެލުމާއި ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރުން. 15. އިންވެސްޓިގޭޝަން ޔުނިޓަށް ލިބޭ އަދި ބޭރަށް ފޮނުވާ ލިޔެކިއުންތަކެއްގެ އިދާރީ އިންތިޒާމް ބެލެހެއްޓުން. 16.އިންވެސްޓިގޭޝަން ޔުނިޓުގެ މަސައްކަތާއި ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތައް ޔައުމިއްޔާ ކުރުން. 17.މާލިއްޔަތު މައްސަލަތަކާއި ގުޅޭ ޕޯޓަލް އެއް ޤާއިމްކުރެވިފައިވާނަމަ އެ ޕޯޓަލްއެއް ބެލެހެއްޓުން. 18. އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން |
|
މަޤާމުގެ ޝަރުތުތައް: |
ނުވަތަ 2.މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ޕްރިފަރޑް ޑިސިޕްލިންތައް:
ނެތް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: |
ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި އިދާރާގެ ވެބްސައިޓް (https://www.finance.gov.mv/careers) އިން ލިބެން ހުންނާނެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2021 (ހޯމަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ކޮވިޑް-19 ހާލަތާއި ގުޅިގެން އޮފީސްތައް ނުހުޅުވާ މަސައްކަތް ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވާތީ، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
|
އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 08 ޖޫން 2021 އާއި 21 ޖޫން 2021 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |