ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ަެއެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށައެޅުމުގެ ދަޢުވަތު
އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ، އެކްޓިވިޓީ ޔުނީފޯރމު ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، ކުރެވުނު ނަމްބަރ GS132/2021/05 ( 20 މެއި 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން ނަންނޯޓް ކޮށްފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލައި ، ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫން ނަމްބަރ: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަމްބަރ: 2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 މެއި 2021 ން 01 ޖޫން 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯން 6600315 ނަންބަރަށް ގުޅައިގެން ނަންނޯޓުކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާގުޅޭ އެއްވެސް ސުވާލެއްވާނަމަ، 01 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ (ނަމްބަރު 7) އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 02 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ގައި، ކެންދޫ ސްކޫލުގައެވެ.
- ބީލަން ހުޅުވުން އޮންނާނީ، 10 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، ކެންދޫ ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ކެންދޫ ސްކޫލުން ލިބެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
- ކެންދޫ ސްކޫލް، ބ. ކެންދޫ / ދިވެހިރާއްޖެ
- ފޯން: 6600315
އީމެއިލް: [email protected]
27 މޭ 2021
ހޯދާ