ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 މޭ 2021 10:20 ގައި ބާތިލް ކުރެވިފައެވެ.
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިހޮސްޕިޓަލުންދޭ މަޢުލޫމާތާއެއްގޮތަށް، އަމިއްލަތަކެތީގައި، ހޮސްޕިޓަލުގެ އެތެރޭގެ ތަރުތީބު ބަދަލުކުރުމުގެ މަސައްކަތާއި ލެބޯޓަރީ އަދި ލޭބަރ ރޫމް މަރާމާތުކުރުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހޮސްޕިޓަލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:30 ކުރިން (https://forms.gle/xdTgXYYDYYTzE7eD6) މިލިންކުގައިވާ މައުލޫމާތު ސާފުކުރުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުން، އީމެއިލް މެދުވެރިކޮށް 03 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މަޢުލޫމާތު ޝީޓާއި ބިޑް ޑޮކިއުމަންޓް ފޮނުވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ނަންނޯޓުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެވާހަކަ ވެސް ދަންނަވަމެވެ.
މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ، 2021 ޖޫން 06 ވާ އާދިއްތަ ދުވަހުގެ 13:00ގައި ހޮސްޕިޓަލުގެ އޮފީހުގައެވެ. މަސައްކަތާއި ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި އަދި ބިޑު ހުޅުވުން އޮންނާނީ، 2021 މެއި 14 ވާ ހޯމަ ދުވަހުގެ، 13:30 ގައި، ހޮސްޕިޓަލުގެ އޮފީހުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެ އެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު، 8:30 އިން 13:00 އާ ދެމެދު، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.