ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ޑިސްޕޯސަބަލް ސާޖިކަލް މާސްކް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ޑިސްޕޯސަބަލް ސާޖިކަލް މާސްކް ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2021/018

ހުޅުމާލެ ހޮސްޕިޓަލަށް ޑިސްޕޯސަބަލް ސާޖިކަލް މާސްކު ގަންނަން ބޭނުންވެއެވެ. ވީމާ ތިރީގައި މިދަންނަވާ އަދަދުތަކަށް މިތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1.   ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް:

Required Quantity

Item description

#

150,000.00

Disposable surgical mask – Tie on

1

150,000.00

Disposable surgical mask – Ear loop

2

2. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

2.1 އަގު ހުށަހަޅަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތިންނެވެ.

2.2 ހިދުމަތައް އަގު ހުށަހެޅޭނީ ބިޑްގައި ރެޖިސްޓްރީވާން އޮންނަ މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

2.3 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

2.4 ހުށަހަޅުއްވާ މާސްކަ ތަކަކީ ކޮލިޓީ މާސްކަތަކަށް ވާންވާނެއެވެ. އެގޮތުން ހުށަޅުއްވާ ބްރޭންޑުގެ މާސްކުތަކަކީ ސީއީ ނުވަތަ އެފްޑީއޭ ސެޓްފިކެޓް ލިބިފައިވާ އައިޓަމްތަކަށް ވާންވާނެއެވެ. އެހެންކަމުން ޕްރޮޕޯސަލްއާއި އެކު ހުށަހަޅާ ބްރޭންޑުގެ ކޮލިޓީ އަންގައިދޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި މިލިޔުންތައް ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

2.5 ބިޑު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ މާސްކްތަކުގެ ސާމްޕަލް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަހެޅުމުގެ ތަފްސީލް ބިޑުގައި ބައިވެރިވާ ފަރާތްތަކަށް އެންގޭނެއެވެ.

2.6 މިބިޑުގައި ބައިވެރިވާ ފަރާތްތަކަށް ދެވައްތަރުގެ މާސްކަށް ވަކިވަކިން އަގު ހުށަހެޅިދާނެއެވެ. ނަމަވެސް ހުށަހަޅަންވާނީ ބިޑުކޮށްފައިވާ ޖުމްލަ އަދަދަށެވެ. އެއަށްވުރެން މަދުން ހުށަހަޅާ ޕްރޮޕޯސަލްތައް ބާތިލްކުރެވޭނެއެވެ.

2.7 މިބިޑު އިވެލުވޭޓް ކޮށް އެވޯޑު ކުރެވޭނީ ދެ ވައްތަރުގެ މާސްކަށް ވަކިވަކިންނެވެ.

2.8 އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

3. ހުށަހަޅަންޖެހޭ ތަކެތި

3.1 އަންދާސީ ހިސާބު

3.1.1  ސަޕްލައިކޮށްދެވޭނެ އަގު

3.1.2  ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.

2.3ކުންފުނީގެ މައުލޫމާތު

3.2.1  ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

3.2.2  ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް އަދި ހިއްސާދާރުންގެ އައި.ޑީ ކާޑުގެ ކޮޕީ

3.2.3  ކުންފުނީގެ މައިގަނޑު މަސައްކަތްތައް

3.2.4  ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު އަދި ކުންފުނި އުފެދުނު ތާރީޚް

3.2.5  ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް ( މިލިޔުންތައް ހުށަހަޅަންވާނީ ބިޑު ކާމިޔާބު ކުރާ ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުން ލިޔުން ހުށަހޅަން އެންގުމުންނެވެ)

3.3 މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން

3.3.1 ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %40 ބޭންކް އެކައުންޓުގައި ހުރިކަން އަންގައިދޭ ލިޔުމެއް (ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކްގެ ލިޔުމެއް) ނުވަތަ

3.3.2 ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %40 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް

ނޯޓް: ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކް ލިޔުމެއް ހުށަހަޅާނަމަ، އެލިޔުމަކީ 25 މެއި 2021 ގެ ފަހުގެ ތާރީޚެއްގެ  ބޭންކް ބެލެންސް އަންގައިދޭ ލިޔުމަކަށް ވާންވާނެއެވެ. ބޭންކުން ދޫކުރާ އޮންލައިން ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.

3.4 މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

3.5  ބިޑް ސެކިއުރިޓީ

3.5.1 ހުށަހަޅާ ޕްރޮޕޯސަލްގެ ޖުމުލަ އަގު 500,000.00 އަށް ވުރެ ބޮޑުވާނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ޖުމުލަ އަގުގެ 1% ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭންކަކުން ނުވަތަ އިންޝުއަރެންސް ކުންފުންޏަކުން ދޫކުރާ ގެރެންޓީއެއް ނުވަތަ ކެޝިއަރސް ޗެކެއް  ޕްރޮޕޯސަލާއި އެކު ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ވެލިޑިޓީ ޕީރިއަޑް ބިޑް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ފޯމެޓް މައުލޫމާތު ކަރުދާހާ އެކު ހިމަނާފައިވާނެއެވެ.

2.5.2 ބިޑު ސެކިއުރިޓީ ހުށަހަޅަންވާނީ ބިޑު ކާމިޔާބު ކުރާ ފަރާތުންނެވެ. ބިޑު ސެކުއިރީޓީގެ އޮރިޖިނަލް ހުށަހެޅުމަށް ބިޑު އިވެލުއޭޝަން ނިމުމުން ބިޑު ކާމިޔާބު ކުރި ފަރާތަށް އެންގޭނެއެވެ. ބިޑު އެވޯޑު ކުރެވޭނީ ބިޑު ސެކިއުރިޓީ ހުށަހެޅުމުންނެވެ.

3.5.3 ހުށަހަޅާ ބިޑް ސެކިއުރިޓީއަށް އިންޓްރެސްޓް ނުހިގާނެއެވެ.

3.5.4 ޕްރޮޕޯސަލް ހުށަހެޅުމަށްފަހު، ޕްރޮޕޯސަލް ވިތްޑްރޯ ކޮށްފިނަމަ އެ ފަރާތެއްގެ ބިޑް ސެކިއުރިޓީ އަނބުރާ ނުލިބޭނެއެވެ.

4. އަގުހުށަހެޅުން

4.1 ހުށަހަޅާ އަގަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.

5. އެވޯޑް ކުރުން

5.1 މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން ދެވައްތަރުގެ މާސްކު ވަކިވަކިން އިވެލުއޭޓްކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

1

އަގު

80 ޕޮއިންޓް

2

މުއްދަތު

20 ޕޮއިންޓް

5.2 މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް

 ޕްރޮޕޯސަލްގެ ކަވާ ޕޭޖްގައި މި ދަންނަވާ ފޯމެޓްގައި.

BID REFERENCE: TENDER/HMH/2021/018
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

7. ބިޑް ރެޖިސްޓްރޭޝަން

މިބީލަމުގައި ރެޖިސްޓްރީވުމަށް، މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 30 މެއި 2021 ގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރައްވަން ވާނެއެވެ. ޓެންޑަރގައި ރަޖިސްޓްރީ ވެވުނުކަމަށް ބަލަންވާނީ މި ހޮސްޕިޓަލުން ރެޖިސްޓްރީ ވިކަމުގެ މެއިލް ކޮންފޮމޭޝަން ދިނުމުންނެވެ. މެއިލް ކޮންފޮމޭޝަން ދިނުމުގެ އެންމެ ފަހު ވަގުތަކީ 30 މެއި 2021 ގެ 14:00  އެވެ.

ބިޑުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

8. މައުލޫމާތު ސާފުކުރުން

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 1 ޖޫން 2021 ގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

9. ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 02 ޖޫން 2021ގެ 10:00 ގައިއެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ބިޑު ހުށަހެޅުމުގެ ތަފްސީލް، ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ދެވޭނެއެވެ.

10. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

10.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

10.2 މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

10.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

10.4 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11. އިވެލުއެޝަން ގައިޑްލައިން

މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.

11.1 މަސައްކަތުގެ އަގު

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ފުލްމާކްސް ދިނުމަށްފަހު ދެންހުރި އަގުތަކަށް ޕްރޮރާޓާގެ އުސޫލުންނެވެ.

11.2 މަސައްކަތުގެ މުއްދަތު

މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތުގެ ގޮތުގައި އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށް ފުލްމާކްސް ދިނުމަށްފަހު ދެން ހުރި މުއްދަތުތަކަށް ޕްރޯރާޓާ އުސޫލުންނެވެ.

 ނޯޓު:

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

26 މެއި 2021

26 މޭ 2021
ހޯދާ