މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނީލަން ކިޔުމާއިބެހޭ

ށ.ބިލެތްފަހީ ސިއްޙީ މަރުކަޒު

ބިލެތްފަހީ

ދިވެހިރާއްޖެ

                  ނަންބަރ: C06-SM/IUL/2021/05  

އިޢުލާން

ނީލަން ކިޔުމާއިބެހޭ:

          މި ސިއްޙީ މަރުކަޒުގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން 

އޮންނާނީ 07 ޖޫން 2021 ވާ ހޯމަ ދުވަހު ހަވީރު 16:30 ގައި ށ.ބިލެތްފަހީ ޞިއްޙީ މަރުކަޒު ގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ 

ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

ނީލަންކިޔަން ފެށޭނެ އަގު

އަދަދު

ރޭޓް

މުދަލުގެ ތަފްސީލް

ކޯޑު

01.00 ރުފިޔާ

50.40 ރުފިޔާ

01

50.40 ރުފިޔާ

ފުނަގަސް ( ވަށަމިނުގައި 110 ސެންޓިމީޓަރ )

F001

01.00 ރުފިޔާ

53.50 ރުފިޔާ

01

53.50 ރުފިޔާ

ފުނަގަސް ( ވަށަމިނުގައި 110 ސެންޓިމީޓަރ )

F002

01.00 ރުފިޔާ

299.50 ރުފިޔާ

01

299.50 ރުފިޔާ

ދޮރާއި ދޮރުކަނި

F003

ނީލަންކިޔުމުގެ އުސޫލް: 

* ނީލަންކިޔާ ތަކެތި ބައިބަޔަށް ( ލޮޓު ) ބަހުމަށްފަހު ، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި 

 ބައިވެރިވާ ފަރާތްތަކަށް ، ނީލަން ނަންބަރ ފެންނާނެހެން ، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

* ނީލަމެއް ކުރިޔަށް ގެންދާނީ މަދުވެގެން 03 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް

 އިޢުލާންކޮށް، 02 ނުވަތަ 01 ބައިވެރިންގެ ހާޒިރުގައި ، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

* ނީލަމުގައި ހުށަހަޅާ އަގުތައް ، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިއަކު އަގެއް

 ހުށަހަޅައި، އެއަގަށްވުރެ މަތީ އަގެއް ހުށަހެޅުމުގެ ފުރުސަތު 03 ފަހަރު ދިނުމުންވެސް ، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ

 އެހެން ފަރާތަކުން ހުށަނާޅައިފިނަމަ ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ ކަމުގައި ނިންމޭނެއެވެ.

* ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، " ނީލަން ކާމިޔާބު

ކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

* ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަންކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން ، ސަރުކާރު ބަންދުނޫން 03 ދުވަހުގެ

 ތެރޭގައި މި މަރުކަޒަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބު ކުރި ފަރާތަށް މުދާ ޙަވާލްކުރެވޭނީ ނީލަމުގެ 

 އަގު ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބު ކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި

ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބު ކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްނުކޮށްފިނަމަ ، އެ މުދަލެއް

 އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.

* ފުނަގަހުގެ ނީލަން ކާމިޔާބުކުރާ ފަރާތުން ، ނީލަން ކާމިޔާބު ކުރާތާ 07 ދުވަހުގެ ތެރޭގައި ފުނަގަސް ނަގާ ބިން ސާފްކުރަން

ވާނެއެވެ.

                                26 މެއި 2021

 

26 މޭ 2021
ހޯދާ