ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ހދ.ނެއްލައިދޫ ރިސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ: (IUL)263/263/2021/25( 10 މެއި 2021 ) އިއުލާނަން އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 26 މެއި 2021 ވާ ބުދަ ދުވަހުން ފެށިގެން 31 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 14:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.gle/812oFpHxrCYDdnhY8 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 01 ޖޫން 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 08 ޖޫން 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

 

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 ޖޫން 2021 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

25 މޭ 2021
ހޯދާ