ދިވެހިރާއްޖެ
ނަމްބަރ: (IUL)MRH-MNT/MRH/2021/24 އިޢުލާން
މިހޮސްޕިޓަލުންކަނޑައަޅާ ސަރަހައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކުރާނެފަރާތެއް ހޯދަންބޭނުންވެއްޖެ.
މިހޮސްޕިޓަލުން ކަނޑައަޅާ ސަރަޙައްދުތަކެއް ކުނިކަހާ ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)MRH-MNT/MRH/2021/23 20 މޭ2021 އިޢުލާން ގައި ވާ މަޢުލޫމާތު ފުރިހަމަނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަަކުން 01 ޖޫން 2021 ވާ އަންގާރަ ދުވަހު 13:00ށް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު
08 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 13:00 ށް ހޮސްޕިޓަލް އޮފީހަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ތަކާއި މަޢުލޫމާތު ފުރިހަމަނުވާފަރާތްތަކުގެ އަންދާސީހިސާބުތައް ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6720633 އެވެ.
1442 J 13
25 މޭ 2021