ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑު ކުއްޔަށް ދޫކުރުން

                                          ނަންބަރު:(IUL)421/421/2021/12

 

އިޢުލާން

 

ގދ.ވާދޫ ދެކުނު ފަރާތު ( ވޮލީކޯޓު ރުއްގަނޑު ) ކުއްޔަށް ދޫކުރުން

 

ގދ.ވާދޫގެ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ގައިވާ ރުއްގަނޑު ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ،މިރުއްގަނޑު ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ މެއި މަހުގެ 25 ވަނަ ދުވަހުންފެށިގެން އަންނަ ޖޫންމަހުގެ 02 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

02 ޖޫން 2021

ބުދަ

13:00

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

             13 ޝައްވާލު 1442

             25   މެއި  2021

 

 

 

 

                                                  ޙަސަން ޢަބްދުﷲ

                                                 ކައުންސިލްގެ ރައީސް

25 މޭ 2021
ހޯދާ