ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރައިބިއުނަލް ހިންގާ އިމާރާތް ބަދަލުވުމާއި ގުޅޭ
ޢާންމު މަޢުލޫމާތު |
ނަންބަރު: 223/1/2021/15(IUL) |
ތާރީޚް: 25 މޭ 2021 |
ޓްރައިބިއުނަލް ހިންގާ އިމާރާތް ބަދަލުވުމާއި ގުޅޭ
މިހާރު މި ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ އިމާރާތް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)، ގ.މާގަހައަށް ބަދަލުކުރުމުގެ މަސައްކަތް 31 މޭ 2021 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1 ޖޫން 2021 އިން ފެށިގެން މި ޓްރައިބިއުނަލްގެ އޮފީސް ހިންގަމުން ގެންދާނީ ގ.މާގަހަ (ބުރުޒުމަގު) 03 ވަނަ ފަންގިފިލާގައެވެ.
މި ޓްރައިބިއުނަލަށް ފޮނުވާ ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވާ އީ-މެއިލްތަކާއި ގުޅުއްވާނެ ނަންބަރުތައް ތިރީގައިއެވަނީ އެވެ.
އީމެއިލް:
- އިސްތިއުނާފް ކުރާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް: [email protected]
- އޮފީހަށް ފޮނުވާ އެހެނިހެން ލިޔެކިޔުންތައް: [email protected]
ފޯން: 3015555
މޮބައިލް: 7374767
25 މޭ 2021
ހޯދާ