ދިވެހިރާއްޖެ
GS71-C/IUL/2021/04 ނަންބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ކޮންމެހެން ހިމެނެންޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައިނުވުމާއި އަދި ބިޑް ސެކިއުރިޓީ ހުށައަޅާފައިނުވާތީ އަލުން މި މަސައްކަތަށް އިޢްލާނު ކުރަމެވެ.
1 ފ.މަގޫދޫ ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު ރޭނުމަށްޓަކައި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 މޭ 2021 ން 27 މޭ 2021 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 މޭ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 މޭ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 03 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.
6 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި -/5000 ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މަގޫދޫ ސްކޫލް
އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 7952912
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: -
13 ސައްވާލު 1442
25 މޭ 2021