ދިވެހިރާއްޖެ
ހއ އަތޮޅު ހޮސްޕިޓަލުގައި ހުރި ގުދަންކޮށްގެން ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ރައްކާކުރުމަށްޓަކައި ގުދަނެއް
ހޯދަން ބޭނުންވެގެން 02 މެއި 2021 ގައި ކުރެވުނު ނަންބަރ : (IUL)HAAH-HK/HAAH/2021/15 އިޢުލާނާ ގުޅިގެން
ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ އެ އިޢުލާނު ބާތިލު ކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 މެއި 2021 ވާ ބުރާސްފަތި ދުވަހު 11:00 ށް ހއ އަތޮޅު
ހޮސްޕިޓަލް ކޮންފަރެންސް ހޯލްއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށް ފަހު 02 ޖޫން 2021 ވާ ބުދަ ދުވަހުގެ 11:00 ށް އަންދާސީ
ހިސާބް ހުށައެޅުން އެދެމެވެ.
އަދި ދަންނަވަމެވެ. މައުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި،
ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.