ދިވެހިރާއްޖެ
ދައުލަތުގެ އިދާރާތަކުން އިތުރުގަޑީގެ ފައިސާ ދޭގޮތާއި ގުޅޭ ގޮތުން މި އިޢުލާނާއެކު ހިއްސާކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން:
27 މެއި 2021، 13:30ގެ ކުރިން އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 3 ޖޫން 2021، 13:30 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.