މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުނު ފަރާތު ބަނދަރު ހުސްކުރުމާއިގުޅޭ

ދެކުނުފަރާތު ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާތީ، މިހާރު ފަޅުގެ ދިގުޖެޓީގައި އަޅާފައިވާ އުޅަނދުފަހަރު ނަގައި އެޞަރަހައްދު ހުސްކޮށްދިނުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުންވަނީ މިކައުންސިލްގައި އެދިފައެވެ. މިއާއެކު، ފަޅުގެ ދިގު ޖެޓީގައި އުޅަނދުފަހަރު އެޅުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށް މިހާރު ވާނީ ކައުންސިލުން ދިގު ޖެޓީގައި ބޯޑުތަކެއްވެސް ޖަހާފައެވެ. އެހެންކަމުން، މިހާރު ދިގު ޖެޓީގައި އަޅާފައިހުރި އުޅަނދުތައް ވީއެންމެ އަވަހަކަށް ނަންގަވައި ދެއްވުން އެދެމެވެ.އަދި ހަމައެއާއިއެކު ދެކުނުފަރާތު ބަނދަރަކީ މިހާރު މަސައްކަތް ކުރިއަށްދާ ބަނދަރަކަށްވެފައި، އޮއިދެމޭގޮތަށް މިވަގުތު ކޯރުކަނޑާފައިނުވާ ބަނދަރެއްކަމުން، ބަނދަރު ވަގުތީގޮތުން ބޭނުންކުރައްވާ ފަރާތްތަކުން ބަނދަރަށް ހުއިފިލަނޑާދިޔަ، ކަރުގޮހޮރު އަދި ކުނިވާޒާތުގެ އެއްވެސް އެއްޗެއް އެޅުމަކީ މަނާކަމެއް ކަމުގައި ދަންމަވަމެވެ. 
މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 މޭ 2021
ހޯދާ