ދިވެހިރާއްޖެ
ނަންބަރު: IAS/MIS/2021/727
ވަޒީފާގެ ފުރުޞަތު
އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްގެ ފަރާތުން ހިންގާ ނ. މާފަރު އެއާރޕޯރޓްގައި ވަޒީފާ އަދާކުރެއްވުމަށް ޝައުގުވެރިވާ ޤާބިލް ދިވެހިންނަށް ތިރީގައި ބަޔާންކުރެވިފައިވާ ވަޒީފާގެ ފުރުޞަތުތަކަށް މަރުޙަބާ ދަންނަވަމެވެ.
ފަޔަރމަން (ޖޮބް ރިފަރެންސް ނަމްބަރު:(J/2021/18)
ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގެ ގަވާއިދުތަކާއި އެއްގޮތައް އެއާރޕޯޓްގެ ފަޔަރ ޑިޕާރޓްމަންގެ ވެހިކަލްތަކާއި ގެންގުޅޭ އެހެނިހެން ތަކެތި ގަވާއިދުން ސާފުކޮށް ބެލެހެއްޓުމާއި މަސައްކަތަށް އެކަށީގެންވާ ގޮތަށް ލީޑިން ފަޔަރމަންގެ އިރުޝާދުގެ މަތިން ތަރުތީބުކޮށް ބެލެހެއްޓުން.
ފެންވަރު ނުވަތަ ޝަރުތު:
- ޖީސީއީ އޯ ލެވެލްގެ އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް 2 މާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން.
ޕަވަރހައުސް އެންޑް މެއިންޓަނަންސް ސުޕަވައިޒަރ (ޖޮބް ރިފަރެންސް ނަމްބަރު:(J/2021/19)
ކުރަންޖެހޭ މައިގަނޑު މަސައްކަތް: އެއާރޕޯރޓްގެ އިންޖީނުގެ ބެލެހެއްޓުމާއި އިންޖީނުގޭގައި ބެހެއްޓިފައިވާ ތަކެތި މަރާމާތުކޮށް އެއާރޕޯޓް އޮފީހާއި ވެހިކަލްތަކުގެ ޓެކްނިކަލް ކަންތައްތައް ބެލެހެއްޓުން
ފެންވަރު ނުވަތަ ޝަރުތު:
- ޖީސީއީ އޯ ލެވެލްގެ އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް 2 މާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ މަސައްކަތެއްގައި 5 އަހަރުގެ ތަޖުރިބާހުރި މީހަކަށް ވުން.
ލީޑިންގ ފަޔަރމަން (ޖޮބް ރިފަރެންސް ނަމްބަރު:(J/2021/20)
ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގެ ގަވާއިދުތަކާއި އެއްގޮތައް އެއާރޕޯޓްގެ ފަޔަރ ޝެކްޝަންގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި ފަޔަރ ވެހިކަލްތައް އޮޕަރޭޓްކުރުން.
ފެންވަރު ނުވަތަ ޝަރުތު:
- ޖީސީއީ އޯ ލެވެލްގެ އިނގިރޭސި އަދި ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން.
- މަގާމާއި ގުޅޭ މަސައްކަތެއްގައި 5 އަހަރުގެ ތަޖުރިބާހުރި މީހަކަށް ވުން.
- ބޭސިކް ފަޔަރ ފައިޓިންގ، އެޑްވާންސް ފަޔަރ ފައިޓިންގ އަދި ފަޔަރ އޮފިސަރ ޓްރެއިނިންގ ފުރިހަމަކޮށް ސަނަދު ލިބިފައިވުން.
މި މަޤާމުތަކަށް ހޮވޭފަރާތްތަށް މަސައްކަތްކުރަންޖެހޭނީ ނ. މާފަރު އެއާރޕޯޓްގައެވެ. އަދި މިމަޤާމުތަކަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ. ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، 31 މޭ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް، އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް
ދާރުލް ޢީމާން ބިލްޑިންގ 20345، މާލެ، ދިވެހިރާއްޖެ
ފޯން ނަމްބަރު: 3331292 / 3024705 ފެކްސް ނަމްބަރ: 3314806
އީމެއިލް: [email protected]
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯރމް މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aeroއެވެ. އަދި މި ވަޒީފާ އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުތުހަމަނުވާ އެޕްލިކޭޝަންސް ބާތިލްވާނެ ވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައިދެންނެވީމެވެ.
24 މޭ 2021މ.
12 ޝައްވާލް 1442ހ.