ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް 'ޕީ.އާރް.ޓީ.ޖީ 1000'ސޮފްޓްވެއަރ ލައިސެންސް ހޯދުމާއިބެހޭ
ނަމްބަރު:TENDER/HMH/2021/017
ހުޅުމާލެ ހޮސްޕިޓަލަށް 'ޕީ.އާރް.ޓީ.ޖީ 1000 ސެންސަރސް' ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.
- 1. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް:
Quantity |
Item |
01 (Nos) |
Paessler PRTG 1000 Sensors Software Including: 12 Months Maintenance License
|
2. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
2.1 އަގު ހުށަހަޅަންވާނީ މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތިންނެވެ.
2.2 މަތީގައިވާ އައިޓަމްގެ ލައިސެންސް އެންޑް ޔޫސަރ އަށް ވާންވާނީ ހުޅުމާލެ ހޮސްޕިޓަލެއެވެ.
2.3 މަީތގައިވާ އައިޓަމަށް އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
2.4 މަތީގައި ދެންނެވިފައިވާ ފަދައިން ޕްރޮޕޯސަލް ހުށަހަޅަންވާނީ 'ޕީ.އާރް.ޓީ.ޖީ 1000 ސެންސަރސް' ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކުރުމަށެވެ.
2.5 މި ލައިސެންސް ވާންވާނީ ސިންގަލް ސާރވަރ 1000 ސެންސާސްގެ ލައިސެންސްއަކަށެވެ.
2.6 ހޮސްޕިޓަލުން ބޭނުންވެއްޖެނަމަ، ލައިސެންސް އިންސްޓޮލޭޝަން ނުވަތަ ކޮންފިގަރޭޝަންގެ މަރުހަލާގައި ޓެކްނިކަލް ސަޕޯޓުދޭންވާނެއެވެ.
2.7 މިމަސައްކަތް އެވޯޑްކުރެވޭތާ 10 (ދިހައެއް) ދުވަސްތެރޭގައި ލައިސެންސް ސަޕްލައިކޮށްދޭން ވާނެއެވެ.
3. ހުށަހަޅަންޖެހޭ ތަކެތި
3.1 އަންދާސީ ހިސާބު
3.1.1ސަޕްލައިކޮށްދެވޭނެ އަގު
3.1.2 ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 30 ދުވަސް ވާންވާނެއެވެ.
3.2 ކުންފުނީގެ މައުލޫމާތު
3.2.1 ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން
3.2.2 ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް، އައި.ޑީ ކާޑު އަދި ފޯނުނަމްބަރު.
3.2.3 ކުންފުނީގެ މައިގަނޑު މަސައްކަތްތައް
3.2.4 ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު އަދި ކުންފުނި އުފެދުނު ތާރީޚް
3.2.5 ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް
3.2.6 ވޭތުވެދިޔަ ތިން މަސްދުވަހުގެ (ފެބްރުއަރީ، މާރިޗް، އޭޕްރިލް 2021) ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ 2020 ވަނަ އަހަރުގެ އޯޑިޓެޑް މެނޭޖްމެންޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ) ހުށަހަޅަން ވާނެއެވެ. ބޭންކްތަކުން ދޫކުރާ ސްޓޭމްޕްޖެހި އޮންލައިން ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.
ނޯޓް: މިހާރުގެ ކޮވިޑް ހާލަތައް ރިޢާޔަތްކޮށް ބޭންކްތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމަށް ދަތިތަކާކުރިމަތިވާތީ، މިހާލަތުގައި އޮންލައިން ސްޓޭޓްމެންޓް ގަބޫލުކުރެވޭނެއެވެ.
3.3 މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
4 އަގުހުށަހެޅުން
4.1 ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.
5. އެވޯޑް ކުރުން
5.1 މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.
1 |
އަގު |
80 ޕޮއިންޓް |
2 |
މުއްދަތު |
20 ޕޮއިންޓް |
5.2 މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.
6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.
BID REFERENCE: TENDER/HMH/2021/017
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113
7. ބިޑް ރެޖިސްޓްރޭޝަން
މިބީލަމުގައި ރެޖިސްޓްރީވުމަށް، މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް 29 މެއި 2021 ގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރައްވަން ވާނެއެވެ. ޓެންޑަރގައި ރަޖިސްޓްރީ ވެވުނުކަމަށް ބަލަންވާނީ މި ހޮސްޕިޓަލުން ރެޖިސްޓްރީ ވިކަމުގެ މެއިލް ކޮންފޮމޭޝަން ދިނުމުންނެވެ. މެއިލް ކޮންފޮމޭޝަން ދިނުމުގެ އެންމެ ފަހު ވަގުތަކީ 30 މެއި 2021 ގެ 10:00 އެވެ.
8. މައުލޫމާތު ސާފުކުރުން
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2 ޖޫން 2021 ގެ 12:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
9. ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 03 ޖޫން 2021 10:00 ގައިއެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ބިޑު ހުށަހެޅުމުގެ ތަފްސީލް، ބިޑުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ދެވޭނެއެވެ.
10. ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
10.1 ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
10.2 މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
10.3 ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
10.4 މިމައުލޫމާތު ކަރުދާހާއިއެކު އެޓޭޗްކުރެވިފައިވާ 'ބިޑް ހުށަހަޅާ ފޯމް' ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ފޯމު ފުރިހަމަނުކޮށް ނުވަތަ ފޯމުހުށަނާޅާ އަންދާސީ ހިސާބްތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
11. އިވެލުއެޝަން ގައިޑްލައިން
މިބިޑަށް މާކްސް ދެވޭނީ 5.1 ގައި ބަޔާންކުރެވިފައިވާ ބައިތަކަށް ޕްރޯރާޓާގެ އުސޫލުންނެއެވެ.
11.1 މަސައްކަތުގެ އަގު
އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް، އެންމެ ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.
11.2 މަސައްކަތުގެ މުއްދަތު
11.2.1 މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތުގެ ގޮތުގައި އެންމެ ކުރު މުއްދަތެށް ހުށަހަޅާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ޕްރޯރާޓާގެ އުސޫލުންނެވެ.
11.2.2 މިބަޔަށް މާކްސް ދެވޭނީ އަންދާސީހިސާބުގެ މުއްދަތުގެ ގޮތުގައި 10 (ދިހަ) ދުވަހުގެ މުއްދަތައްވުރެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ޕްރޯރާޓާގެ އުސޫލުންނެވެ.
11.2.3 މަސައްކަތް ނިންމާ މުއްދަތު 10 (ދިހަ) ދުވަހަށް ވުރެ އިތުރުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބާތިލްކުރެވޭނެއެވެ.
ނޯޓު:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350113 / 3350111 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ބިޑް ހުށަހަޅާ ފޯމު
އަންދާސީ ހިސާބު ހުށަހަޅުއްވާ އިރު މިފޯރމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި އަންދާސީ ހިސާބާއިއެކު ހުށަހެޅުއްވުން އެދެމެވެ.
ކޮމްޕެނީގެނަން:_________________________________________________________________________
އިޢުލާނުގެ މަޢުލޫމާތު |
|
އަންދާސީ ހިސާބު |
|
އިޢުލާން ނަންބަރު |
|
ތާރީޚް |
|
އަންދާސީ ހިސާބު ހުށަހެޅުން |
|
އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޟިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހުޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބާއި އެކު ހުށަހަޅުއްވަންޖެހޭ ލިއުންތަކުގެ ޗެކްލިސްޓް
ü |
ލިޔުން |
ސަފުޙާ ނަންބަރު |
1 |
ކޮޓޭޝަން |
|
2 |
ކޮމްޕެނީ ޕްރޮފައިލް |
|
3 |
ކޮމްޕެނީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ |
|
4 |
ޖީ.އެސް.ޓީ ރެޖިސްޓްރޭޝަންގެ ކޮޕީ |
|
5 |
ޓެކްސް ކްލިއަރެންސް ރިޕޯޓް |
|
6 |
މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން:- 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް |
|
7 |
މަސައްކަތުގެ ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން (މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ) |
|
24 މެއި 2021