މިސްކިތު މަސައްކަތު މީހުންގެ ދަފުތަރަށް މީހުން އިތުރުކުރުމާ ގުޅޭ
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކިނބިދޫ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާތީ، މިސްކިތްތަކުގެ މަސައްކަތު މީހުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު ކަރަންޓީން ވުމާއި ގުޅިގެން މިސްކިތު މަސައްކަތު މީހުންގެ ދަފްތަރުގައި އިތުރަށް މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީމެވެ.
ވީމާ، 23 މެއި 2021 ން ފެށިގެން 03 ޖޫން 2021 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އާ ދެމެދު 9655594 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަން ނޯޓްކުރެއްވުން އެދެމެވެ. މިދަފުތަރު ދެމިއޮންނާނީ 31 ޖަނަވަރީ 2022 ގެ ނިޔަލަށެވެ.
|
މަޤާމު:
|
މަސައްކަތު
|
|
މުސާރަ:
|
މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން
- ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން
- މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން
- މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން
- މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން
- މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
- މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތި ގޮތްގޮތަށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން
- މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން
- ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން
- މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
|
|
ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)
|
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން
ނުވަތަ
2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުމާއެކު، ސިވިލް ސަރވިސްގެ އެސް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން
|
|
ހުށަހަޅަންޖެހޭ ސުންގަޑި:
|
03 ޖޫން 2021 ވަނަ ދުވަހުގެ 13:30 ގެ ކުރީން
|
11 ސައްވާލް 1442
23 މެއި 2021