ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (28/04/2021) 352-A/2021/10 :އިޢުލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އދ. ދަނގެތީ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން ޢިމާރާތާއި، ޕޯޓިކޯއާއި ސާވިސް އޭރިޔާގެ އިތުރުން، ޞިއްޙީމަރުކަޒްގެ އާބާތުރަ ފިލުވުމަށް ކުރަންހުރި ބައެއްމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2021 މެއި 21 ވަނަ ދުވަހުން ފެށިގެން 2021 މެއި 31 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި މަސައްކަތުގެ ޓެންޑަރ ޑޮކިއުމެންޓްގެ ސޮފްޓް ކޮޕީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް، އީމެއިލްގެ ޒަރީޢާއިން ފޮނުވޭނެއެވެ. ބީލަން ހުށަހަޅުއްވާނީ އދ. ދަނގެތީ ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީބިލްޑިންގ، ސޯސަންމަގު/ކ.މާލެ) އަށެވެ. މި މަސައްކަތަށް ހުށަހަޅުއްވާ ބީލަންތައް ހުޅުވަން ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައި، 2021 ޖޫން 02 ވާ ބުދަ ދުވަހުގެ 11:00 ގައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ދީފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބީލަން ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑި، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައެވެ މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 2021 މެއި 30 ވާ އާދިއްތަ ދުވަހުގެ 13:00ގެ ނިޔަލަށް މި އިދާރާގެ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 08 ޝައްވާލް 1442 20 މެއި 2021 |