މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
National Defence Academy Couse -146

                ރާއްޖޭން ބޭރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާބެހޭ

2021 ޖޫން 28 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަންނަވާ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

ކޯސް:

National Defence Academy Couse -146

ޖާގައިގެ ޢަދަދު:

01 (އެކެއް)

އިންސްޓިޓިއުޓް / ޤައުމު :

ނެޝަނަލް ޑިފެންސް އެކެޑަމީ / ޕޫނޭ، އިންޑިޔާ

މުއްދަތު:

28 ޖޫން 2021 އިން  31 މެއި 2024

ޝަރުތު:

  • އޭ ލެވެލް 03 މާއްދާއިން ފާސްވެފައިވުން (ދިވެހި، އިސްލާމް ނުހިމަނާ)
  • 2021 ވަނަ އަހަރުގެ ޖޫން 28 ގެ ނިޔަލަށް މީލާދީގޮތުން 23 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުމާއި، ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތެއްކަމުގައިވުން.

ސުންގަޑި

މިކޯހަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯރމް ފުރުއްވުމަށްފަހު، 2021 މެއި 26 ވަނަ ދުވަހުގެ 12.00 ކުރިން އެމް.އެން.ޑީ.އެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ(އީ-މެއިލް އެޑްރެސް [email protected])  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

  • ކޯސް އެޕްލިކޭޝަން ފޯރމް އެމް.އެން.ޑީ.އެފްގެ ވެބްސައިޓުwww.mndf.gov.mvއިން ލިބެން ހުންނާނެއެވެ.
  • މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމް.އެން.ޑީ.އެފް، ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ ނަންބަރު:3322607، އެކްސްޓެންޝަން: 2157، ނުވަތަ މޯބައިލް: ،7534599 , 9871235 އަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

 

 

       08 ޝައްވާލު 1442

       20 މެއި  2021

 

 

20 މޭ 2021
ހޯދާ