ދިވެހިރާއްޖެ
ތިމާވެށީގެ ތަޢުލީމް އިތުރަށް ހަރުދަނާކޮށް ތަންފީޒް ކުރުމަށް ޓީޗަރުންނަށް ބޭނުންވާ ތަމްރީންތަށް ދިނުމަށް، ޓްރެއިނިންގ ކޮންސަލްޓެންސީ ފާރމް / އިންސްޓިޓިއުޓް އެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު:(IUL) 451-FP/1/2021/4 އިޢުލާނާ ގުޅިގެން ދެވިފައިވާ ޓީއޯއާރގައި މައްސަލަތައް ހުރުމުން އެ އިޢުލާން ބާތިލުކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް2021 މެއި 20 އިން ފެށިގެން 2021 މެއި 24 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.gle/EoPoWtseMGXPSN2N6
- ބިޑް ހުށަހެޅުން އޮންނާނީ 2021 މެއި 30 ވަނަ ދުވަހު 10:00 ން 10:30 އާއި ދެމެދު އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރައްވާނީ [email protected]
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މެއި 20އިން ފެށިގެން 2021 މެއި 24 ގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
- ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
- މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
- ފޯން: 3023551 / 3023550
- އީ-މެއިލް:[email protected]
- ކޮޕީ އީ-މެއިލް: [email protected]
- [email protected]
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023550/3023551 ނަމްބަރު ފޯނަށެވެ.