ދިވެހިރާއްޖެ
ހއ. އަތޮޅު މަދަރުސާއަށް 3 ގޭޓް ތައްޔާރުކޮށް ފޯރުކޮށްދިނުން
1 މި މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ވަދެނިކުތުމަށް 3 ގޭޓް ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 މެއި 20 ން 24 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 13:00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން ނުވަތަ ފޯނުން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މެއި 30 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 މެއި 31 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގ ރޫމުގައެވެ.
5 މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 2500/- (ދެހާސް ފައްސަތޭކަ) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ބަލައިގަންނާނީ، މަދަރުސާގެ އޮފީހުންނެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު މަދަރުސާ
ހއ. ހޯރަފުށި / ދިވެހިރާއްޖެ
ފޯން: 6500296 / 6500300
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
08 ޝައްވާލް 1442
20 މެއި 2021