ދިވެހިރާއްޖެ
އިޢުލާން
ކަނޑުމަތިން ހޮވައިގެން ގެނެވިފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމާއިގުޅޭ
ކަނޑުމަތިން ހޮވައިގެން ގެނެސްފައިވާ މަސްބޯޓެއް ވިއްކާލުމާއި ގުޅޭގޮތުން ކޮށްފައިވާ މިއިދާރާގެ ނަންބަރ: (IUL)279/2021/9 (15 މާރިޗް 2021) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތި ލާފައެއް ނުވެއެވެ.
ވީމާ، ށ.މަރޮށީ "ފާގަތި-1" ކިޔާ ޑިންގީ ކަނޑުމަތިން ހޮވައިގެން ގެނެސްފައިވާ މަސްބޯޓު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަންފެށޭ އަގަކީ 25000.00ރ (ފަންސަވީސްހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 5000.00ރ (ފަސްހާސް ރުފިޔާ) އެވެ. ބޯޓު ގަތުމަށް، ހުށަހަޅުއްވާ ސިޓީގައި ބޯޓު ގަތުމަށް ހުށަހަޅާ އަގު ދިވެހި ރުފިޔާއިން ބަޔާންކުރަންވާނެއެވެ. އަދި ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected] އަށެއެވެ.
މިބޯޓު ގަތުމަށް އެދި ސިޓީ ހުށަހަޅުއްވާނީ މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާއަށެއެވެ. އަދި މިނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު މިއިޢުލާންގެ މުއްދަތުގެ ތެރޭގައި ރަސްމީކޮންމެ ދުވަހެއްގެ 14:00 ގައި އެދުވަހެއްގައި ހުށަހެޅިފައިވާ އެންމެމަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ފެންނާނެވެ. ޖެހިޖެހިގެން 03 ދުވަހު (ރަސްމީ 03 ދުވަހު) އެއްއަގެއްގައި އޮވެއްޖެނަމަ އެންމެތީ އަގު ހުށަހަހެޅި ފަރާތަށް ނީލަން ކާމިޔާބުވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ރަސްމީ 03 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ނީލަން ބާޠިލުކުރެވޭނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.