ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2021/30(IUL)
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާގެ މީޓިންގ ރޫމްގެ 14 އެގްޒެކްޓިވް ޗެއަރގެ ކުށަން ކަވަރު ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު:331/331/2021/28(IUL) އިޢުލާނާއި ގުޅިގެން، ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމުގައި ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ރިސެޕްޝަނުން ލިބި ވަޑައިގަންނަވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 މެއި 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމަތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.