މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

KFC/HR/2021/20 :ނަމްބަރު

 

ވަޒީފާގެ ފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ޑްރައިވަރ

ބޭނުންވާ ޢަދަދު

 2 ( ދޭއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޯލްޑްސްޓޯރ/ ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

5280.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ހުރުމާއި، ކެއުމުގެ އިންތިޒާމުވެސް ހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

  • C2, C1 ކެޓަގަރީގެ ޑްރައިވިން ލައިސަންސް އޮތުމާއެކު ފޯކްލިފްޓު ދުއްވަން އެގުން.
  •  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ދިވެހި، އިނގިރޭސި ބަހުން ލިޔަންކިޔަން އެގުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބުރައިނުން ނަގާ މަސް ސޯޓްކޮށް ކޮންޓެއިނާއަށް އެޅުމުން ފޯކްލިފްޓުން ކޮންޓެއިނާ  ނަގާ ދުރައް ޖެއްސުމާއި، އަދި ކޮންޓެއިނާ ނަގައިގެން ތަރުތީބުން ކޯލްޑްސްޓޯރުތެރޭގައި ބެހެއްޓުން.
  • ކޯލްޑްސްޓޯރުން ކޮންޓެއިނާ ބޭރުކޮށް އަދި ކޮންޓެއިނާ ކިރާ ޓްރޯލީ ނުވަތަ ޕިކަޕްޓްރަކުގައި ބެހެއްޓުމާއ، ހުސްކޮންޓެއިނާ ނެގުން.
  • މަސައްކަތުގައި ބޭނުންކުރެވޭ ވެހިކަލް ތަކުގައި ތެޔޮހުރިތޯ އާއި ކޮންޑިޝަން ރަގަޅުތޯ ކޮންމެ ދުވަހަކުވެސް މަސައްކަތް ފެއްޓުމުގެ ކުރިން ބަލާ ޗެކްކުރުން.
  • ދޯނިފަހަރާއި ބޯޓްފަހަރަށް އައިސް ގެނެސްދިނުން.
  • ސޯޓިން އޭރިއާ، ކޯލްޑް ސްޓޯރު އަދި ބްރައިންޓޭންކުގެ ރިޕެއަރ މަސައްކަތް ކުރުން.
  • ބްރައިން ޓޭންކާއި ކޯލްޑް ސްޓޯރު ކޮންޓެއިނާތަށް ރަގަޅަށް ސާފްކޮށް ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މެއި 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

18 މޭ 2021
ހޯދާ