މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރުން

      މިއިދާރާގެ ނަންބަރު     (IUL)301-PJ/301/2021/33 22 އެޕްރީލް 2021 އިޢްލާނަށް އިޖާބަދީ ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ ރ. އަނގޮޅިތީމު ކައުންސިލް އިދާރާގައި ވޯރކްސްޓޭޝަން ޤާއިމްކޮށްދީ ، ކައުންސިލަށް ބޭނުންވާ ބައެއް މެޝިނަރީ އާއި ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާން ކުރަމެވެ.  

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 މޭ  2021 ވާ އަންގާރަ ދުވަހުން ފެށިގެން 24 މޭ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު ބީލަން ފޮތް ބައްލަވައި ގަތުމަށް ދަންނަވަމެވެ. ބީލަން ފޮތާއި ރަޖިސްޓްރޭޝަން ފޯމް ރަސްމީ ދުވަސްތަކުގެ 9.00ން 13.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/100ރުފިޔާއެވެ.   މައުލޫމާތުދިނުން އޮންނާނީ 25 މޭ 2021 ވާ އަންގާރަ ދުވަހުގެ 13:15ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 31 މެއި 2021ވާ ހޯމަ  ދުވަހު 13:15 ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  

މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އަދި ބީލަން ފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް  އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

                                                              

 

ނޯޓް: މިއިދާރާގެ ނަންބަރު     (IUL)301-PJ/301/2021/33 އިޢްލާނަށް އިޖާބަދީ ބިޑްފޮތް ގަން ފަރާތްތަކުން އަލުން ފޮތް ގަންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

18 މޭ 2021
ހޯދާ