ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ޑިޒައިން ކޮންސަލްޓަންޓް މަޤާމަށް ކުރި ނަންބަރު (IUL)FDC-HR/1/2021/16 އިއުލާން (04 އޭޕްރީލް 2021) އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، މި މަޤާމަށް އަލުން އިއުލާންކުރަމެވެ.
ވީމާ ތިރީގައި މިދަންނަވާ މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްޟީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު: ޑިޒައިން ކޮންސަލްޓަންޓް
ބޭނުންވާ އަދަދު: 01
ކުރިމަތިލުމުގެ ސުންގަޑި: 2021 މެއި 23 ވާ އާދިއްތަ ދުވަހުގެ 16:00
މި މަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
-
ވަޒީފާއަށް އެދޭ ފޯމު
-
ސީވީ
-
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
-
ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
-
ޑިޒައިން ޕޯޓްފޯލިއޯ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3341675 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.