މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގްރާރުގައި ސޮއިކުރުމުގެ ދަރުބާރާއި ގުޅޭ

މި ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރު 2021 މެއި 17 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. ދަރުބާރު އޮންނާނީ ދެންނެވިފައިވާ ތާރީޚުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ ރަސްގެ އޮޑި މާލަމުގަ އެވެ. ކޮވިޑް-19 ގެ މި ހާލަތުގައި މި ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ދަރުބާރުގައި ބައިވެރިވެލައްވާނީ އިންތިޚާބީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ މެންބަރުންނާއި، ހިނގަމުންދާ ދައުރުގެ ކައުންސިލާއި ކައުންސިލް އިދާރާގެ މުވައްޒަފުންނެވެ.  ހުވާލާދެއްވާ ފަނޑިޔާރު ދަރުބާރުގައި ބައިވެރިވެލައްވާނީ އޮންލައިންކޮށެވެ.

ކައުންސިލްގެ ފޭސްބުކް ޕޭޖުން (https://www.facebook.com/DharavandhooCouncil) ދަރުބާރު ލައިވްކުރުމަށްވަނީ ހަމަޖެހިފަ އެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 މޭ 2021
ހޯދާ