މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު އިންތިހާބު ކުރެވުނު ކައުންސިލަރުން ހުވާކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގުރާރުވުމުގެ ދަރުބާރު ކުރިއަށް ގެންދިއުން

2021 އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުން ހޮވުމަށް ބޭއްވުނު އިންތިހާބު ކާމިޔާބުކުރި ފަރާތްތަކުގެ ތެރެއިން އިންތިހާބީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިގުރާރުވުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށްވަނީ ބަދަލުއައިސްފައެވެ.

އެގޮތުން އިންތިހާބީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިގުރާރުވުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ  2021 މެއި 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުގައެވެ.  

މިހާރު ރާއްޖޭގެ އަތޮޅު ތެރޭގައި ކޮވިޑް-19  ފެތުރުން އިތުރުވެފައިވާތީ، މި ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ލިންކް: https://www.facebook.com/KudafareeCouncil/

 

4 ޝައްވާލް 1442ހ.

16 މޭ 2021މ.

 

ޙަސަން މުޙައްމަދު

ކައުންސިލްގެ ރައީސް

16 މޭ 2021
ހޯދާ