ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދައުވަތު

މިކައުންސިލްގެ 4 ވަނަ ދަޢުރުގެ ކައުންސިލަރުން ހުވާކުރުމާއި އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރާއިގުޅޭ

ދަޢުވަތު


              ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރު 2021 މެއި 17 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ދަރުބާރު އޮންނާނީ ދެންނެވިފައިވާ ތާރީޚުގެ ހެނދުނު 11:00 ގައި ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ ޝަރީއަތްކުރާ ބައިގައެވެ. ކޮވިޑް19 ގެ މިހާލަތުގައި މިދަރުބާރު ބެއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ދަރުބާރުގައި ބައިވެރިވެލައްވާނީ އިންތިޚާބީ ކައުންސިލަރުންނާއި، އ.ތ.މ ކޮމިޓީގެ އިންތިޚާބީ މެންބަރުންނާއި، ހިނގަމުންދާ ދައުރުގެ ކައުންސިލަރުންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި ހުވާލައިދެއްވާ ފަނޑިޔާރެވެ.

              ކައުންސިލްގެ ފޭސްބުޕް ޕޭޖުން މިދަރުބާރުގެ އަޑާއި މަންޒަރު ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ފޭސްބުކް ޕޭޖުގެ ލިންކް ތިރީގައި އެވަނީއެވެ.

https://web.facebook.com/Kunahandhoo-Council-Idhaara-424315874410366/?ref=bookmarks

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 މޭ 2021
ހޯދާ