ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުން އިވަލުއޭޓަރުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގެ މުއްދަތު އިތުރުކުރުން

 

 

މި ކޮމިޝަނުން އިވަލުއޭޓަރުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގެ މުއްދަތު އިތުރުކުރުން

މި ކޮމިޝަނުގެ ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތް ކުރުމަށްޓަކައި މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-A-HR/195/2021/5 (19 އެޕްރީލް 2021) އިޢުލާނުގެ ސުންގަޑި 02 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ޢާއްމުކޮށް އަންގައި އިޢުލާންކުރަމެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ، ޖުޑީޝަލް ޕަރފޯމަންސް އިވެލުއޭޝަން މަސައްކަތާބެހޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަށްޓަކައި، މި ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތުގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް 19 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މި މަޢުލޫމާތު ސެޝަން އޮންނާނީ 24 މެއި 2021 ވާ ހޯމަ ދުވަހު އޮންލައިންކޮށް ކަމުގައިވެސް ދަންނަވަމެވެ.

 

30 ރަމަޟާން 1442

12 މެއި 2021

 

12 މޭ 2021
ހޯދާ