ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކައުންސިލަށް އިތުރުކުރާ ބައިގެ މަސައްކަތްތައް ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2021/58 (22 މާރޗް 2021މ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ އަގަށްވުރެ ބޮޑު ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ރަޖިސްޓަރީވުމަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލް ހިމެނޭ ބިޑްޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
# |
ތަފްޞީލް |
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމަށް ރަޖިސްޓްރީ ކުރުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
16 މެއި 2021 އިން 19 މެއި 2021 އަށް |
9:00– 12:00 |
2 |
ޕްރީ ބިޑް މީޓިންގ |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
19 މެއި 2021 (ބުދަ) |
13:00 |
3 |
ބީލަން ހުށަހެޅުން |
ލ. ކަލައިދޫ ކައުންސިލް އިދާރާ |
23 މެއި 2021 (ބްރާސްފަތި) |
13:00 |
* ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ ސަރުކާރު ރަސްމީދުވަސްތަކު ކަނޑައެޅިފައިވާ ގަޑީގަ އެވެ.
މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމަންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައި އެވާ މެއިލަށް 16 މެއި 2021 އިން 19 މެއި 2021 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މެއިލްކުރައްވާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.
ބީލަން ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާއިރު ނުވަތަ އީމޭލް ކުރައްވާއިރު އަދި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި.ޑީ.ކާޑާއި، ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެކޮޕީ ގެންނަވަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1(އެކެއް) އަންދާސީހިސާބެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.