ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ: GS-26/IUL/2021/19
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ 2020 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS-26/IUL/2021/17(22 އެޕްރިލް 2021) އިޢުލާނާއި ގުޅިގެން 1 (އެކެއް) ފަރާތުން ބީލަން ހުށަހަލާފައިވާތީ، ބީލަން ބާތިލުކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 މެއި 2021 އިން 19 މެއި 2021 އަށް އީ-މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގޫގުލް މީޓްގައެވެ. (ނަންނޯޓް ކުރާ ފަރާތްތަކަށް ގޫގުލް މީޓް ކޯޑް ފޮނުވޭނެއެވެ).
- ބިޑް 27 މެއި 2021 ވާ ބްރާސްފަތި ދުވަހުގެ 10:45އިން 11:10 އަށް މިސްކޫލަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
- ނޯޓް: އީ- މެއިލް ކުރައްވަންޖެހޭ ވަގުތުގެ ކުރިން އަދި ފަހުން ލިބޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި (ގޫގުލް މީޓް) ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި އީ-މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
29 ރަމަޟާން 1442
11 މެއި 2021
11 މޭ 2021
ހޯދާ