ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުންނާއި މާކަރުން ހޯދުން

`

 

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

 މިނިސްޓްރީ އޮފް އެޑިޔުކޭޝަން

      މާލެ، ދިވެހިރާއްޖެ

(IUL)120/1/2021/31 :ނަންބަރު 

 

 

އިޢުލާން

2021 ވަނަ އަހަރުގެ އެސް. އެސް. ސީ އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒޭމިނަރުންނާއި މާކަރުން ހޯދުން

2021 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށް ގެންދިއުމަށާއި ޖަވާބު ކަރުދާސް މާކު ކުރުމަށް ތިރީގައިވާ ޢަދަދަށް މީހުން ބޭނުންވެއެވެ.

 

  • މާކިންގ ސްކީމް ފައިނަލް ކުރުމާއި މާކިންގ ވާރކްޝޮޕު ހިންގައިދިނުމަށް ކަނޑައެޅިފައިވަނީ 12,000.00( ބާރަހާސް) ރުފިޔާއެވެ. މާކިންގ މަސައްކަތަށް ކަނޑައެޅިފައިވަނީ އެ އަހަރު މާކު ކުރާ މާކަރަކަށް ޖެހޭ ޖުމުލަ ޢަދަދުގެ އިތުރުން މަސްއޫލިއްޔަތު އެލަވަންސެވެ.
  • މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް -/60 ( ފަސްދޮޅަސް) ރުފިޔާއެވެ.
  • މީގެ އިތުރުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، -/1000 ( އެއްހާސް) ރުފިޔާ، ކޮންޓިނިއުޓީ އެލަވަންސް ގެ ގޮތުގައި ދެވޭނެއެވެ.
 

އެސް.އެސް.ސީ

ދިވެހި

އިސްލާމް

ޗީފް އެގްޒޭމިނަރ

1

1

އެގްޒޭމިނަރ

2

2

އޮޑިޓަރ

3

3

މޮޑަރޭޓަރ

8

8

މާކަރ

40

40

  • މާކިންގސްކީމްފައިނަލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ 2021 ވަނަ އަހަރުގެ ޖޫން 10 ން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ މެންދުރު 13:00 ން 18:00 ގެ ނިޔަލަށެވެ.  
  • މާކިންގ ވާރކްޝޮޕާއި މާކިންގ މަސައްކަތް ކުރިއަށްދާނީ 2021 ވަނަ އަހަރުގެ ޖޫން 28 ން ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށްދާނީ ހެދުނު 08:00 ން މެންދުރުފަހު 17:00 އަށެވެ.  

 

އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިނުވާ ފަރާތެއްނަމަ، މިކަމަށް އެދި ހުށަހެޅޭނީ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށްފަހުއެވެ.

 

ވީމާ، ސެކަންޑަރީ/ހަޔަރ ސެކަންޑަރީ އަށް ކިޔަވައިދެއްވައި، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން "މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމް" (ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv   އިން ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު 2021 ޖޫން 1 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ހ.އަސްރަފީވިލާ (މަޖީދީމަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

       29  ރަމަޟާން   1442

                           

11 މޭ 2021
ހޯދާ