ފެމިލީ ކޯޓް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ބަދަލު ގެނައުން

(IUL)146-A1/1/2021/21:ނަންބަރު

                        އިޢުލާން

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 38/2021 އެންގުމާ ގުޅިގެން 2021 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ދުވަސްތަކަށާއި ގަޑިތަކަށް ވަނީ ބަދަލު ގެނެވިފައެވެ.

އެގޮތުން، 2021 މެއި 10 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައެވެ. ރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތުރުން ކޯޓަށް ޙާޟިރުވެގެން ކައިވެނި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނެއެވެ.

މި އިޢުލާނާ ގުޅިގެން ފެމިލީ ކޯޓުގެ ނަންބަރު 146A1/2020/190 (30 ޑިސެންބަރު 2020) އިޢުލާނު ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

27 ރަމަޟާން 1442

09 މެއި 2021

09 މޭ 2021
ހޯދާ