ދިވެހިރާއްޖެ
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ 'ލޯން އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް' ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއާބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 މެއި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް: https://sdfcmv.aidaform.com/job-application-form-loan-admin-assistant5
ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 13:00 އާ ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.